މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-305568

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކ.މާލެ

މުސާރަ:

މަހަކު 8835 ރުފިޔާ  

ސަރވިސް އެލަވަންސް:

މަހަކު 2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35 (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް:    1100 ރުފިޔާ  (މަހަކު).

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓްރީގެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން އެންމެހާ މަސައްކަތްތައް ކޯޕަރޭޓިވް ޑިޕަރޓްމަންޓުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ޤަވާއިދުތަކާއި އުޞޫލްތަކާ އެއްގޮތަށް ދުވަހުން ދުވަހަށްކޮށް ހިންގާ ބެލެހެއްޓުން. އަދި ސެކްޝަންތަކުގެ ސެޓޭންޑަޑް އޮޕްރޭޓިންގ ޕްރޮސީޖަރސް (އެސް.އޯ.ޕީ) އާއި ފްލޯ ޗާޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، އެޑްމިނިސްޓްރޭޓިވް ސެކްޝަނުގައި ހަދަންޖެހޭ އެންމެހާ އެސް.އޯ.ޕީތައް ހަދާ، މުވައްޒަފުން އެސް.އޯ.ޕީ ތަކަށް އަހުލުވެރިކޮށް، އެސް.އޯ.ޕީތަކާ އެއްގޮތަށް ޢަމަލު ކުރަމުންދާކަން ކަށަވަރު ކުރުން.
  • މިނިސްޓްރީ އިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކުއުންތައް ތައްޔާރުކުރުމާއި، އޮފީހުގެ މެއިންޓެނަންސްސާއި ގުޅޭ ކަންކަން ޤަވާއިދުތަކާއި އެއްގޮތަށްކޮށް ބެލެހެއްޓުމާއި، އޮފީސް ހުޅުވާ ލެއްޕުމާބެހޭ އިންތިޒާމުތައް އުސޫލުތަކާއެއްގޮތަށް އިންތިޒާމުކޮށް ހިންގާ ބެލެހެއްޓުމާއި، ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ އިންތިޒާމް ރާވާ ހިންގުމާއި، މުވައްޒަފުންގެ މަސައްކަތް ގަވާއިދުން މޮނީޓަރ ކުރެވެމުންދާކަން ކަށަވަރުކުރުން. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކަކީ ކޮބައިތޯ ދެނެގަނެ، ޓްރޭނިންގް ޕްލޭން ތައްޔާރުކުރުމަށް އެޗް.އާރު ސެކްޝަނަށް ބޭނުންވާނެ މާޢުލޫމާތު ފޯރުކޮށް ދިނުނުމާއި، މިނިސްޓްރީގެ ދުވަހުންދުހަށް ލިޔެ ބަލަހައްޓަންޖެހޭ ދުވަހު ޔައުމިއްޔާ ލިޔެބަލަހައްޓާކަން ކަށަވަރުކުރުން.
  • މިނިސްޓްރީގެ ހަރުމުދަލުގެ ރަޖިސްޓްރީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަލަހައްޓަމުންދާކަން ކަށަވަރުކުރުމާއި، މިނިސްޓްރީގެ ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކުރަމުންދާކަން ކަށަވަރުކުރުން. އަދި މިނިސްޓްރީގެ މެއިންޓަނަންސް މަސައްކަތްތައް ހަރުދަނާ އިންތިޒާމެއްގެ ދަށުން ބެލެހެއްޓުން.
  • މިނިސްޓްރީގެ މަސައްކަތާއި ގުޅޭގޮތުން، ސަރުކާރުގެ އިދާރާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، މީޑިއާގެ އެންމެހާ ކަންކަން ކުރުމާއި، އެކަންކަން ހިންގާ ބެލެހެއްޓުމުގެ އިތުރުން އެކިފަރާތަކަށް ފޮނުވަންޖެހޭ މީޑިއާއާއި ގުޅުންހުރި ލިއުންތަކާއި، ވެބްސައިޓުގައި ޝާއިރުކުރަންޖެހޭ މަޢުލޫމާތުތައް ޤަވާއިދުން އަޕްޑޭޓް ކުރަމުންގެންދިއުން، އަދި މީޑިއާއަށް ބޭނުންވާ މަޢުލޫމާތުގެ އެންމެ ފަހުގެ އަޕްޑޭޓް ޑިޕާރޓްމަންޓުގެ އިސްވެ ހުންނެވި ވެރިއަކަށް ދުވަހުން ދުވަހަށް ރިޕޯޓްކުރުން.
  • އަހަރު ފެށުމުން ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލާއި ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްތައް އެ ޕްލޭނާއި އެއްގޮތަށް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން. އަދި ޕްރޮކިއުމަންޓް ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޙަވާލުކުރުމާއި މި މުވައްޒަފުންނަށް ޙަވާލުކުރެވޭ މަސައްކަތް ކުރިއަށްދާ ގޮތް ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުން.
  • އިޢުލާންކުރަންޖެހޭ މަސައްކަތްތަކަށް އިޢުލާންކުރުމާއި، މަޢުލޫމާތު ދިނުމާއި ބިޑްތައް ބަލައިގަންނާނެ އިންތިޒާމް ހަމަޖެއްސުމާއި އޮފީހަށް ބޭނުންވާ މުދާ ނަގަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި ނަގާ މުދަލާ ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުންދޭތޯ ބެލުން.
  • މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ބިޑް ކޮމިޓީގެ ސެކްރެޓޭރިއޭޓްގެ މަސައްކަތްތައް ރާވާ ހިންގުން. އަދި ބިޑް ކޮމިޓީއަށް ހުށަހަޅާ ބިޑްތަކުގެ ލިޔެކިޔުންތައް ހަމައަށް ހުރިތޯ ޗެކްކުރުމާއި، ކަނޑައެޅިފައިވާ ދުވަހަށް ބައްދަލުވުން ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އަދި ބިޑް ކޮމިޓީއިން ނިންމާ ނިންމުންތައް، ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމާއި ހިންގާ ބެލެހެއްޓުމާއި، ސެކްޝަނުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ކޮންމެ މަހެއް ނިމުމުން ކޯޕަރޭޓް ޑިޕާޓްމެންޓްގެ ވެރިޔާގެ އިތުރުން ޕަރމަނަންޓް ސެކްރެޓަރީ އަށް ހުށަހެޅުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • މިނިސްޓްރީގެ ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ދާއިރާގެ އޮފީސްތަކުން ހޯދައި އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ކަނޑައެޅިފައި އޮންނަ މުއްދަތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި މިނިސްޓްރީގެ މަސައްކަތްތަކާއިބެހޭގޮތުން ބައިވެރިވާންޖެހޭ ޖަލްސާތައް، ވޯރކްޝޮޕް ނުވަތަ މިފަދަ އެހެން ޕްރޮގްރާމްތަކަށް ހާޒިރުވެ އެފަދަ ޖަލްސާތަކުން ނިމޭ ކަންތައްތައް ވެރިންގެ ލަފައާއިއެކު ތަންފީޒުކޮށް ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ބޭނުންވާ ކަންތައްތައް ރާވައި ހިންގުން.
  • ކޮންމެ މަހެއް ނިމުމުން، ޚިދުމަތް ހޯދާފައިވާ ތަންތަނުން ބިލްއައިތޯ ކަށަވަރު ކުރުމާއި ބިލް ނުލިބޭކަމުގައިވާނަމަ، އެބިލްތައް އެފަރާތްތަކުން ގެނައުމަށްފަހު، ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން. އަދި ބިލްތަކަށް ފައިސާ ދައްކައި ނިމެންދެން އެކަން ހިނގަމުންދާ ގޮތްބަލާ މޮނިޓަރކުރުމާއި ފައިސާ ނުދައްކާ ގިނަ ދުވަސްވާ ބިލްތަކާ ބެހޭ ގޮތުން، ހުށަހަޅާ މައްސަލަތައް ބަލާ އެފަރާތައް ޖަވާބުދިނުން.

މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސް ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  • އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން %30
  • އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އެސެސްމަންޓް (އިމްތިޚާން ނުވަތަ ޕްރެކްޓިކަލް)
  • އިންޓަވިއު %30
  • ޕްރެޒެންޓޭޝަން %10

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް       (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 06 އޮގަސްޓް 2021 އާއި 6 ސެޕްޓެމްބަރ2021 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3037300 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

15 ޖުލައި 2021
ހޯދާ