ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑްރައިވަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/5,740ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

ޑްރައިވިންގ ލައިސަންސް C2, C1, B2 ,B1, A1, A0 ކެޓަގަރީތަކުގެ ލައިސަންސް އޮތުމާއިއެކު މަސައްކަތު ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބި އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ވެހިކަލް ދުއްވުމާއި ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

08 އޯގަސްޓް 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 އޯގަސްޓް 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.

                    05 ޛުލްޙިއްޖާ 1442

                     15 ޖުލައި  2021

15 ޖުލައި 2021
ހޯދާ