މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތް (ކޮންސަލްޓެންސީ)

މަސައްކަތް (ކޮންސަލްޓެންސީ)

                          ޕްރޮކިއުމަންޓް ރިފަރަންސް :MV-MOE-226983-CS-CQS

 

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (ލޭމްޕް) ގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދުރުން ދެވޭ ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ މީޑިޔާ ޕެކޭޖްތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

މަސައްކަތް: ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދުރުން ދެވޭ ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ މީޑިޔާ ޕެކޭޖްތައް ތައްޔާރުކުރުން

 

ބޭނުންވާ އަދަދު: 1 (އެކެއް)

 

ލިޔެކިޔުންތައް ހުށަހެޅުން:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފަރމްތަކުން 80 އޯގަސްޓް 2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، މަސައްކަތަށް ޝައުޤުވެރިވާކަމުގެ ލިޔުމާއެކު، ކޮންސަލްޓެންސީގައި ބައިވެރިވާ ޓީމް މެންބަރުންގެ އަންނަނިވި ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. ސީ.ވީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  3. އެކްރެޑިޓްކޮށް ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް، ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޯވާރސް (ޕްރޮކިއުމަންޓް އިން އިންވެސްޓްމެންޓް ޕްރޮޖެކްޓް ފައިނޭންސިންގް – ގުޑްސް، ވޯރކްސް، ނޮން-ކޮންސަލްޓިންގް އެންޑް ކޮންސަލްޓިންގ ސާރވިސާސް، ޖުލައި 2016 ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018) ގެ ސެކްޝަން III ގެ ޕެރެގްރާފް 3.17 ގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" ޕޮލިސީއަށް ސަމާލުކަންދެއްވުން އެދެމެވެ. މީގެ އިތުރުން މި މަސައްކަތާއި ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓެރެސްޓް" އަށް ރިޢާޔަތްކުރެއްވުން އެދެމެވެ.

3.17 – އެހެން ފަރާތަކަށް ކުރިން ކޮށްދެއްވި ނުވަތަ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކާއިގުޅޭ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވާ ކަމަކަށް ކޮންސަލްޓަންޓުން އައްޔަންކޮށްގެން ނުވާނެއެވެ. ކުރިން ބުނެވުނު ކަންކަމަށް ރިޢާޔަތް ކުރުމެއްނެތި ތިރީގައި ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި ކޮންސަލްޓަންޓުން އައްޔަންކޮށްގެންނުވާނެއެވެ.

ކޮންސަލްޓަންޓުން (ތަޖުރިބާކާރުންނާއި މުވައްޒަފުން، އަދި ސަބް-ކޮންސަލްޓަންޓުން ހިމެނޭގޮތަށް)، އެއީ އެހީ ލިބުނު ފަރާތުގެ މުވައްޒަފަކާއި، ނުވަތަ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި (އިމްޕްލިމެންޓިންގް އޭޖެންސީ)، ނުވަތަ ބޭންކުގެ މާލީ އެހީ ލިބޭ ފަރާތަކާއި، ނުވަތަ އެހީ ލިބުނު ފަރާތް ތަމްސީލްކޮށްދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި އެއްވެސް ކަމެއްގައި ޝާމިލްވެފައިވާ ފަރާތްތައް:

i. މި މަސައްކަތާގުޅޭ ޓީ.އޯ.އާރު އެކުލަވާލުން

ii. މި މަސައްކަތަށް މީހުން ހޮވުމުގެ މަސައްކަތް

iii. ބުނެވިދިޔަ ފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ، އެކަމެއް ބޭންކަށް ޤަބޫލުކުރެވޭފަދަ ގޮތަކަށް މި މަސައްކަތަށް މީހުން ހޮވުމާއި އަދި މަސައްކަތްކުރިއަށް ގެންދިއުމުގައި ޙައްލު ކުރެވިގެންމެނުވީ މި ކޮންޓްރެކްޓްގެ ދަށުން ކުރާ މަސައްކަތް ބެލެހެއްޓުމުގެ މަސައްކަތް (ސުޕަވައިޒްކުރުމުގެ މަސައްކަތް) ޙަވާލުނުކުރުން

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160   

އީ-މެއިލް:[email protected]

14 ޖުލައި 2021
ހޯދާ