މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އައި.ޓީއާ ގުޅޭ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އައި.ޓީއާ ގުޅޭ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު  (IUL)471-CDS3/1/2021/133އިޢުލާނާއި ގުޅިގެން ބީލަން ހުޅުވުމަށް އަދި ބީލަން މަޢުލޫމާތު ސެޝަންއަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އިދާރީ ކުށްތަކެއް ހުރުމުން މިކަން އިސްލާޙުކުރެވިފައި ވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
  2. ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 01 އޮގަސްޓު 2021 ވާ އާދިއްތަދުވަހުގެމެންދުރު 12:00ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 01 އޮގަސްޓު 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.
  3. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 03 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެކުރިން[email protected]  އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
  4. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  04 އޮގަސްޓް 2021ވާ ބުދަ ދުވަހުގެހެނދުނު 12:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

14 ޖުލައި 2021
ހޯދާ