މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކޫލްތަކުގައި ސާމިލް ވެށި ތަރައްޤީ ކުރުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ބޭނުންވެއްޖެ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ސްކޫލްތަކުގައި ސާމިލް ވެށި ތަރައްޤީ ކުރުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދުން:

ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ފަރާތުން ބައެއް ސްކޫލްތަކުގައި ސާމިލު ވެށި ތަރައްޤީ ކުރުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު، އަދި މަސައްކަތުގެ އަގު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރާ މުއްދަތުގެ ކުރިން އީމެއިލް ފޮނުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޮގަސްޓް 2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

އީ-މެއިލް: [email protected]

ކޮޕީ: [email protected]

 

14 ޖުލައި 2021
ހޯދާ