ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ސްކިލްޑް)، ލޭބަރ (ނޮން ސްކިލްޑް) - ހދ.ކުޅުދުއްފުށި

ނަންބަރު: FNK/A/IUL/2021/186    

ވަޒީފާގެ ފުރުޞަތު 

ކުންފުނީގެ ހދ.ކުޅުދުއްފުށި ބްރާންޗްގެ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (4 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.

ލޭބަރ (ސްކިލްޑް)

މަޤާމް:

10 (ދިހައެއް)   

ބޭނުންވާ އަދަދު:

ހދ.ކުޅުދުއްފުށި

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ނ) ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތު:

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު.

(ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް.

(ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ.

މަސައްކަތުގެ މާހައުލު:

 

ލޭބަރ (ނޮން ސްކިލްޑް)

މަޤާމް:

10 (ދިހައެއް)   

ބޭނުންވާ އަދަދު:

ހދ.ކުޅުދުއްފުށި

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) ސިއްޚަތު ސަލާމަތުން ހުރުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ކުޅުދުއްފުށި ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 – 13:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ހދ.ކުޅުދުއްފުށި ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

3 ޛުލްޙިއްޖާ 1442

13 ޖުލައި 2021

 

 

13 ޖުލައި 2021
ހޯދާ