މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ސީފްރައިޓްކޮށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

         01 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ރާއްޖެއިން ބޭރުން ގެންނަ ތަކެތި ސީފްރައިޓްކޮށް ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ޖުލައި 2021 ވާ އަންގާރަ ދުވަހުން ފެށިގެން  03 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 އޮގަސްޓް 2021 ވާ އަންގާރަ  ދުވަހު ހެނދުނު 13:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

03 ޛުލްހިއްޖާ  1442

13 ޖުލައި 2021
ހޯދާ