ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓްފިކެޓް އޮފް އެމްޕްލޮއިމަންޓް އިންޓަރމީޑިއަރީސް ކޯސް

އިޢުލާން

ސެޓްފިކެޓް އޮފް އެމްޕްލޮއިމަންޓް އިންޓަރމީޑިއަރީސް ކޯސް

 

މިކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ގުޅިގެން އެމްޕްލޯއިމަންޓް އެޖެންސީތަކުގައި މަސައްކަތް ކުރާ މީހުންނަށް ހިންގުމަށް ޚާއްސަކޮށްފައިވާ ކޯހެކެވެ. މިކޯހުގެ މަޤްޞަދަކީ އެމްޕްލޮއިމަންޓް އެޖެންސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގުވައިދީ، މަސައްކަތު މާހައުލުހައި ބިދޭސީ މަސައްކަތްތެރިންނާއި މެދު ޢަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްޤުތަކަށް އަހުލުވެރިކުރުވުމެ. މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައި/އޮގަސްޓް 2021 ގައެވެ. ކޯހަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާބެހޭ ބަޔަށް އެޕްލިކޭޝަން ފޯމާއިއެކު އައި.ޑީ ކާޑު ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެއްވޭނެއެވެ.

 

ކޯހުގެ މުއްދަތު:     6 ހަފްތާ

ކޯހުގެ ފީ:        600 (ޕާރޓިސިޕޭޝަން ފީ)    

އެގްޒާމް ފީ:       200 ސެޓްފިކެޓްއަށް

ކޯސް ފަށާ ތާރީޚް:   25 ޖުލައި 2021

އެޕްލިކޭޝަން ބަލައިގަންނަން ފަށާ ތާރީޚް:  11 ޖުލައި 2021

އެޕްލިކޭޝަން ހުށަހެޅޭ އެންމެފަހު ތާރީޚް:  24 ޖުލައި 2021

އޮފީސް ހުޅުވިފައި ހުންނަ ގަޑި:  ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް

 

އެޕްލިކޭޝަން ފޯމް ލިންކް :https://mnu.edu.mv/wp-content/uploads/2021/01/Application-Form-Short-courses.pdf

13 ޖުލައި 2021
ހޯދާ