ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގއ. ވިލިނގިލި ގޮފީގައި 2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ކޯސްތައް ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގއ. ވިލިނގިލި ގޮފީގައި  2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:         30 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         30 ޖާގަ

ޤިރާއަތު ސެޓްފިކެޓް 3

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:   2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 2021 ޖުލައި 12 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ވިލިނގިލި ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 އޮގަސްޓް 04 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މަރުކަޒުގެ ވިލިނގިލި ގޮތްޕަށް ހުށަހެޅުން އެދެމެވެ. ނުވަތަ[email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

 

12 ޖުލައި 2021
ހޯދާ