އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޕަރޓްޓައިމް ލެކްޗަރަރ - އައިޔޫއެމް އަތޮޅުތެރޭ ލަރނިންގ ސެންޓަރތަކަށް

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2021/24

2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަތޮޅުތެރޭ ލާރނިންގ ސެންޓަރުތަކުގައި އެކި ކޯސްތަކަށް ކިޔަވައިދެއްވާނެ ޕާޓް-ޓާއިމް ލެކްޗަރާރުން ބޭނުންވެއެވެ.

(ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަތޮޅުތެރޭ ލާރނިންގ ސެންޓަރުތަކުގައި ކިޔަވައިދޭނެ މާއްދާތަކުގެ ތެރެއިން ޕާރޓްޓައިމް ލެކްޗަރާރުން ބޭނުންވާ މާއްދާތަކުގެ ލިސްޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެ އެވެ.)

 މަޤާމު:

ޕާޓްޓައިމް ލެކްޗަރަރ

އަސާސީ މުސާރަ:

50-60 މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލްއަށް ތިރީގައި އެވާ ގޮތަށެވެ.

 • ސެޓްފިކެޓް ލެވަލް 1 އަކުން ފެށިގެން ލެވެލް 4 އަކަށް 200 ރުފިޔާ.
 • ސެޓްފިކެޓް ލެވެލް 5 އަދި ސެޓްފިކެޓް ލެވެލް 6 އަކަށް 225 ރުފިޔާ.
 • ސެޓްފިކެޓް ލެވެލް 7 އަދި ސެޓްފިކެޓް ލެވެލް 8 އަކަށް 275 ރުފިޔާ.
 • ސެޓްފިކެޓް ލެވެލް 9 އަދި ސެޓްފިކެޓް ލެވެލް 10 އަކަށް 500 ރުފިޔާ.
 • މާރކް ކުރާ ކްލާސް ޓެސްޓް ޕޭޕަރ އަކަށް -/15 ރުފިޔާ.
 • ފަހު އިމްތިހާން ކަރުދާސް އަދި އެސައިމަންޓަކަށް -/35 ރުފިޔާ.

އޮފީސް:

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް

މަޤާމުގެ ޝަރުތުތައް:

 1. ޑިޕްލޮމާ ނުވަތަ ސެޓްފިކްޓް ލެވަލްގެ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން.

ނުވަތަ

 • ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 1. އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން.

ނުވަތަ

 • ގުޅޭ ދާއިރާއަކުން  އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 1. ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.

ނުވަތަ

 • ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 1. މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން.

ނުވަތަ

 • ގުޅޭ ދާއިރާއަކުން މާސްޓަރސް ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކް ލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
 • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
 • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުގައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިމަންޓާއި އިމްތިހާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
 • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯމެންސް މޮނިޓަރކޮށް، މެނޭޖްމަންޓައް މަޢުލޫމާތު ދިނުން.
 • އައު މުގައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުގައްރަރުތައް އިސްލާހުކުރުން.
 • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާން ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާރކުކޮށް ނިންމުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތަޢުލީމާއި ތަމްރީން (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ރެފެރެންސް ސިޓީ)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ) ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ކޮށްފައިވާ ކޮޕީ)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ ތަޖުރިބާއަށް މާރކްސްދިނުމުގައިނުބެލޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

 • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
 •  https://forms.gle/MDjiU5wojPPb6dwg6
 • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 • 2 އޮގަސްޓް 2021 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

 • އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލުވާނެއެވެ.
 • މި ވަޒީފާއަށް ކުރިމަތިލާ ބޭފުޅުންނަކީ ހަފްތާ ބަންދު ދުވަސްތަކުގައި އަތުޅުތެރެއަށް ދަތުރުކުރެވޭނެ ބޭފުޅެއްކަމުގައި ވާންޖެހޭނެއެވެ. (ދަތުރުކުރުމަށްޓަކައި ޓިކެޓާއި ހަމަޖެހިފައިވާ އުސޫލުން ދަތުރު އެލެވެންސް ދެވޭނެއެވެ.)

އިތުރު މަޢުލޫމާތު

 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9173107 ނަންބަރު ފޯނަށެވެ.
 • ޕާޓް-ޓައިމް ލެކްޗަރަރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރު ބެލެމުން ދާނެއެވެ. އަދި އެދެވޭ ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ، ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.

 

11 ޖުލައި 2021
ހޯދާ