ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށިން ކަޅުވެލި ދޫކުރުމާ ގުޅޭ

ކުޅުދުއްފުށީ ކުނިކޮށިން ކަޅުވެލި ދޫކުރުން ވަނީ 11 ޖުލައި 2021 އިން ފެށިގެން އަލުން ހުޅުވާލެވިފައެވެ. އެގޮތުން ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެދުވަހެއްގެ ހެނދުނު 06:00 އިން ހަވީރު 06:00އަށެވެ. މި ވަގުތު ތަކުގައި ކަޅުވެލި ނެގުމަށް ކައުންސިލްގެ އިތުރު ހުއްދަ އެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ވެލި ގެންދަންވާނީ ކުނިކޮށި ހުސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯގެ މުވައްޒަފުންގެ ބެލުމުގެ ދަށުން އެ ބޭފުޅުންގެ މަސައްކަތަށް ދަތި ނުވާނޭގޮތައް ހުއްދަ ހޯދުމަށް ފަހުއެވެ.

ކުރިން ވެލި ދޫކުރަމުން ދިޔަ އުސޫލަށް ބަދަލުގެނެސް މިހާރު ވެލި ނެގުން ހަމަޖެހިފައިވަނީ ގޯނި ނުވަތަ ބަރޯ ފަދަ ތަކެތީގައި އަމިއްލައަށް ވެލި ބަރުކޮށް ގެންދާގޮތަށެވެ. މި ގޮތަށް ގެންދެވޭ ވެއްޔަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމުގައި ވެސް ދަންނަވަމެވެ. ކުނި ކޮށިން ގެންދެވޭ ވެލި މަގުތައް އަދި އާންމުއެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާ ކަމެއްކަމާއި މި ގޮތަށް ޢަމަލު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

11 ޖުލައި 2021
ހޯދާ