ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ގްރޭޑް 11 އަށް ދަރިވަރުން ވެއްދުމާއި ބެހޭ

އިޢުލާން

 

 

2021 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

1-        1 މެއި 2020 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

⮚      މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.

⮚      ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.

⮚      އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.

⮚      ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މައުލޫމާތު އެޕްލިކޭޝަން ފޯމާއިއެކު ދޫކުރާ އިންފޯމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.

 

2-        އަޚްލާޤް ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ  ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚްލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 އަށް 18 އަހަރު ފުރިފައިނުވުން.

 

3-        ކައިވެންޏެއް ކޮށްފައިނުވުން.

 

4-        މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.

 

 

 

 

މިސެންޓަރުން މިއަހަރު ޖާގަދެވޭނީ530  ދަރިވަރުންނަށެވެ. މިއަދަދަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯރމް ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ ތިރީގައިމިވާ މިންގަނޑަށެވެ.

 

ގްރޭޑް

A*

A

B

C

ޕޮއިންޓް

15

12

9

7

 

މިގޮތުން، ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ.

 

2021 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް އެދޭ ފޯރމް ދޫކުރާނީ 11 އޮގަސްޓް 2021 އިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8.30 ން 13.00 އަށެވެ. މިމުއްދަތުގައި  އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ރިސެޕްޝަންއިން ލިބެން އަދި ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ފޯރމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1)      ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ.

2)      ސްކޫލް ލީވިންގް ސެޓްފިކެޓްގެ ކޮޕީ.

3)      ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.

 

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 30 އޮގަސްޓް 2021 ގެ 13:00 ގެ ނިޔަލަށެވެ.

 

ރީޗެކްގެ  ނަތީޖާ ލިބުމުގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށްފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ 30އޮގަސްޓް 2021 ގެކުރިން މިސެންޓަރަށް ވަނުމަށް އެދޭ ފޯރމާއި އެކު ރީޗެކަށް ހުށަހަޅާކަން ސިޓީއަކުން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން ޝަރުތު ފުރިހަމަވާނަމަ، ރީޗެކްގެ ނަތީޖާ ދޫކުރަންފަށާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި މިސެންޓަރަށް އެނަތީޖާ ހުށަހަޅަން ވާނެއެވެ.

2021 ގައި މިސެންޓަރަށް ވަދެވޭ ދަރިވަރުންގެ ލިސްޓް 2 ސެޕްޓެމްބަރ 2021 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަލަށް ވަދެވޭކުދިން ގެ ރެޖިސްޓްރޭޝަން ފެބްރުއަރީ 2021 ގެ ސެޕްޓެމްބަރ މަހުގެ 5 އިން 9 އާއި ދެމެދުގައި އޮންނާނެއެވެ. އަދި މިކުދިންންގެ އޮރިއެންޓޭޝަންތައް 19 ސެޕްޓެމްބަރ ގައި ފެށޭނެއެވެ.

 

01 ޒުލްޙައްޖު  1442                    

11 ޖުލައި 2021
ހޯދާ