މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީކައުންސިލުން ބަލަހައްޓާ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ދޫކުރުމާ ގުޅޭ.

މާލޭ ސިޓީކައުންސިލުން ބަލަހައްޓަމުންގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެގޮޅިތައް އަލުން ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

ކުއްޔަށް ދޫކުރާ ތަނާބެހޭ މަޢުލޫމާތު.

   (ހ) މާލޭ ލޯކަލްމާރުކޭޓާއި ،ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް.

(ށ) ކުލި ،އެގޮޅިއެއްގެ ބޮޑުމިނުގެ އަކަފޫޓަކަށް 31.25 ރުފިޔާ.

(ނ) ކުއްޔަށް ދޫކުރާ މުއްދަތު 02 އަހަރު ދުވަސް.

(ރ) ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް.

  • ·      މިހާރު ގޮޅި ލިބިފައިވާ މުއްދަތުގެ ތެރޭގައި އަމިއްލައަށް ގޮޅީގައި ހުރެގެން ގޮޅި ހިންގަމުންގެންދާ ފަރާތެއްނަމަ 30 ޕޮއިންޓް.
  • ·      ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި  ހުރެގެން ގޮޅި ހިންގަމުންދާ ފަރާތެއް ނަމަ 15 ޕޮއިންޓް.
  • ·       ގޮޅި ހިންގާތާ މިހާތަނަށް ވެފައިވާ މުއްދަތު:

 

  1. 1.     01 އަހަރު ވެފައިވާ ނަމަ     15 ޕޮއިންޓް.
  2. 2.     02  އަހަރު ވެފައިވާ ނަމަ    30 ޕޮއިންޓް.
  3. 3.     03 އަހަރު ވެފައިވާ ނަމަ     45 ޕޮއިންޓް.
  • ·        އަހަރު ބަލާނީ 2018 އިން ފެށިގެން 2021 ޖޫން 30 ގެ ނިޔަލަށް ގޮޅި ހިންގާ ފަރާތްތަކަށެވެ.
  • ·        އެއްވެސްވަރަކަށް ބޭރުމީހުން ނުގެންގުޅެ ގޮޅި ހިންގާފަރާތެއް ނަމަ 10 މާކްސް. މިކަން ބަލާނީ މިކައުންސިލްގެހުރި ރެކޯޑްތަކަށެވެ.

  (ބ) ގޮޅި ފަރުމާ ކުރެވިފައި ހުންނަންޖެހޭ ގޮތް : މާލޭސިޓީކައުންސިލްގެ ނިންމުމާއި އެއްގޮތަށް .

  • މާރުކޭޓް ގޮޅިތައް ބެހިފައިވާގޮތް.
  1. ދަތުރުވެރިންގެ މާރުކޭޓް ( ތަރުކާރީ މޭވާވިއްކުމަށް ޚާއްސަ )  163 ގޮޅި.
  2. ލޯކަލްމާރުކޭޓް       (  "          "        ) 100 ގޮޅި.
  3. ލޯކަލްމާރުކޭޓް     ( ވަޅޯމަސް ވިއްކުމަށް ޚާއްސަ  )    32  ގޮޅި.
  4. ލޯކަލްމާރުކޭޓް   (ލުއިކާނާ ސޮފްޓްޑްރިންކްސް ޚާއްސަ )   35  ގޮޅި.
  5. ލޯކަލްމާރުކޭޓް   (އިންޕޯޓް މުދާ ވިއްކާ /ގަޑި ކަމަރު ޚާއްސަ) 19 ގޮޅި.
  • ކޮންމެ ފަރާތަކުންވެސް ފޯމް ލެވޭނީ އެއްގޮޅިއަށެވެ.
  • ފޯމް ހުށަހަޅާއިރު އެފަރާތަކުން ކުރަންބޭނުންވާ ވިޔަފާރިއާއި ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖަހަންވާނެއެވެ.
  • އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި،އެއްގޮޅިއަށްވުރެ ގިނަގޮޅީގައި ފާހަގަޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާތިލް ވާނެއެވެ.
  • މިކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޚިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާތިލް ވާނެއެވެ.
  • ގޮޅި ގުރުއަތުލާނީ ގޮޅިތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރިތަކަށް ކެޓަގަރީކުރުމަށް ފަހު އެކަޓަގަރީއަކަށް  ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން  50 ޕޮއިންޓުން މަތި ލިބޭ ފަރާތްތަކުގެ މެދުގައެވެ. އަދި ގުރުއަތުލާނީ ގޮޅިތައް ބެހިފައިވާ ގޮތަށް ،ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އެމާރުކޭޓަކަށް ވަކިވަކިންނެވެ.
  • ގުރުއަތުން ގޮޅި ލިބޭފަރާތްތަކަށް އެކަން އަންގާނެއެވެ.

 

              މާރުކޭޓްތަކުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން  11 ޖުލައި 2021 ން ފެށިގެން 02 އޮގަސްޓް 2021 ގެ ނިޔަލަށް ،މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv އިން އެކަމަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއެކު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ  ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށް މާލޭސިޓީކައުންސިލްގެ އާންމުޚިދުމަތްތަކާއި ބެހޭބައި ( ތައިސޭކޮށި ) އޮފީހަށެވެ.ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 02 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ. މި ތާރީޚާއި ގަޑީގެ ފަހުން ގެންނަ ފޯމްތައް ބަލައި ނުގަނެވޭނެއެވެ.

              ވީމާ،މާރުކޭޓްތަކުން ގޮޅިހިންގަން ބޭނުން ފުޅުވާ ފަރާތްތަކުން  އެކަމަށް އެދި  ފޯމް ހުށަހަޅުއްވަމުން ގެންދެވުމަށް  އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

10 ޖުލައި 2021
ހޯދާ