މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކްގެ ދެކުނުން އޮންނަ ބިން ބަގީޗާ ހެއްދުމަށް ކުއްޔަށް ދޫކުރުމާއި ބެހޭ

އިޢުލާން

 

ޑްރައިވިންގ ޓްރެކްގެ ދެކުނުން އޮންނަ ބިން ބަގީޗާ ހެއްދުމަށް ކުއްޔަށް ދޫކުރުމާއި ބެހޭ

 

މިރަށު ޑްރައިވިންގ ޓްރެކްގެ ދެކުނުން އޮންނަ ހުސްބިން ބަގީޗާ ހެއްދުމަށް ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 08 ޖުލައި 2021 (ބުރާސްފަތި) ދުވަހުގެ 10:00 ން ފެށިގެން 14 ޖުލައި 2021 ވާ (ބުދަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/އައި.ޑީކާރޑް ނަމްބަރ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/pbPpNQCrZeUrqkNn7

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 15 ޖުލައި 2021 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިމީޓިންގައި ހާޒިރުވެވެން ނެތް ފަރާތްތަށް ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ޖުލައި 2021 ވަނަދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުށައެޅުން

ބީލަން ހުޅުވުން އޮންނާނީ 02 އޯގަސްޓް 2021 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ޖުލައި 2021
ހޯދާ