މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ގޯތިތެރެ އަދި އިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާ އެރުމަށް ކުއްޔަށް ދިނުމާގުޅޭ

އިޢުލާން

ޕްރީސްކޫލް ގޯތިތެރެ އަދި އިޖްތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ރުއްތައް ރާއެރުމަށް ކުއްޔަށް ދިނުމާގުޅޭ                                                                              

ރ. މާކުރަތު ޕްރީސްކޫލް ގޯތިތެރޭގައި ހުރި ފޯދުނު 7 (ހަތެއް) ރުއް، އަދި ރ. މާކުރަތު އިޖްތިމާއީ މަރުކަޒް ގޯތިތެރޭގައި ހުރި ފޯދުނު 1 (އެކެއް) ރުއް، 1 (އެކެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖުލައި 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ށް އަގު ހުށަހެޅުމަށް އެދެމެވެ. އަގު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް މިރުއްތައް ހަވާލު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުއްޔަށް އެދި އަގު ހުށަހަޅާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   27 ޛުލްޤާއިދާ 1442

07 ޖުލައި 2021
ހޯދާ