މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ބިންތައް ބުރިޖުގެ މަސައްކަތަށް ހުސްކުރުމާއިބެހޭ

މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްކަމަށްވާތީއާއި ބުރިޖުގެ އަމަލީ މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވަރކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުކަމަށްވުމުން އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑުބައެއް އެމަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. ވީމާ، ވަގުތީގޮތުން އެކިކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް މި މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި މި ސަރަޙައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއްކަމާއި މި މިނިސްޓްރީން ބެލި ބެލުމުން މި ބިންތަކުގައާއި މިސަރަޙައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާތީ މިވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވެއެވެ.

 

ވީމާ، މިސަރަޙައްދުގައި ވެހިކަލްތައް ބަހައްޓަވާފައިވާ ފަރާތްތަކުން 31 ޖުލައި 2021 ގެ ނިޔަލަށް ވެހިކަލްތައް ނަންގަވައިދެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމާއި މިކަމުގައި އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެކަމުގައި ދަންނަވަމެވެ. މި އިޢުލާނާއެކު ބުރިޖުގެ މަސައްކަތަށް ކަނޑައަޅާފައިވާ ބިންތަކާއި މިސަރަޙައްދުން އެހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތައް ފާހަގަކުރެވިފައިވާ ޗާޓު ހިމަނާފައިވާނެއެވެ. 

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

06 ޖުލައި 2021
ހޯދާ