މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް މަސައްކަތު މީހެއް ހޯދުމަށް

ވަޒީފާގެ ފުރުޞަތު

މަޤާމް: މަސައްކަތު

ބޭނުންވާ ޢަދަދު: 01  (އެކެއް)

މުސާރަ: މަހަކު 3100 (ތިންހާސް އެއްސަތޭކަ )ރުފިޔާ

ސަރވިސް އެލެވެންސް: 900 ( ނުވަސަތޭކަ ) ރުފިޔާ

އެހެނިހެން އެލެވެންސް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ގިންތި: ވަގުތީ ( 1 އަހަރު )

މަސައްކަތު ވަގުތު: ހަފްތާގެ 5 ދުވަހު ، ދުވާލަކު 6 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން: ރެހެންދި ޕްރީސްކޫލް، މ. ދިއްގަރު

 

ފެންވަރު ނުވަތަ ޝަރުތު:

  1. ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކު ކަމުގައި ވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ސްކޫލުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުމަތި ޤަވާޢިދުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

2- ސްކޫލު ގޯތި ތެރޭގައި އިންދާފައި ހުންނަ ގަސްތައް ފެންދީ ބެލެހެއްޓުން.

3- ސްކޫލުގެ އިމާރާތާއި، ކުލާސް ރޫމުތަކާއި، ސްކޫލްގެ އޮފީސް ބަޔާއި އަދި ފާޚާނާތައް ޤަވާޢިދުން ސާފުކޮށް ބެލެހެއްޓުން.

4- ޕްރީސްކޫލްގެ ކިޔަވައިދިނުން ކުރިއަށްދާ ވަގުތުތަކުގައި، ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވާ ކަންކަމުގައި އެހީތެރިވުން.

5- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ ޚަރަކާތްތަކުގައި ޓީޗަރުންނާއި ބެލެނިވެރީންނަށް އެހީތެރިވުން. 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3-ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ޕްރީސްކޫލްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކިޔަން އެނގޭ ސާފު) ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖައްސަވައިފައިވާ) ކޮޕީ.
  4. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުން)
  5. ވަޒީފާއެއްގައި އުޅެފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.

 

ފޯމު ހުށައެޅުމާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ޖުލައި ވާ ބުރާސްފަތިދުވަހުގެ 14:00  ކުރިން، މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީމެއިލް އެޑްރެސް  [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚް:              

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 ޖުލައި އާއި 29 ޖުލައިގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންލައިންކޮށް ކުރިޔަށް ގެންދަން ޖެހިއްޖެނަމަ އޮންލައިންކޮށްވެސް ކުރިޔަށް ގެންދެވިދާނެއެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓްއާންމުކުރުން

އިންޓަވިއު އަށްފަހު " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މިއިދާރާގައި ކުރިއަށްދާނެ ކަމުގައި ދަންނަވަމެވެ.

07 ޖުލައި 2021 އިން 15 ޖުލައި 2021 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް

06 ޖުލައި 2021
ހޯދާ