މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

  މިމިނިސްޓްރީއަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި އެލްސީޑީ މޮނިޓަރ ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)30/30/2021/112 (24 މެއި 2021) އިޢުލާން ޕްރޮޑަކްޓް ސްޕެސިފިކޭޝަން ބަދަލުވުމާ ގުޅިގެން، ކުދި އަދި މެދު ފަންތީގެ ( އެސްއެމްއީ) ތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއާއެކު އެޓޭޗްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

               މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339231 ނަންބަރު ފޯނަށެވެ.

 

06 ޖުލައި 2021
ހޯދާ