މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް

 އިޢުލާން

 

 ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 05 ޖުލައި 2021 ވާ ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ  ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

23 ޛުލްޤައިދާ  1442

03 ޖުލައި 2021
ހޯދާ