މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
01 ޖުލައި 2021 އިން 08 ޖުލައި 2021ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ގޮތް

އިޢުލާން

 

01 ޖުލައި 2021 އިން 08 ޖުލައި 2021ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ގޮތް

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް ވިޔަފާރިތަކުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-    01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދު އެވެ.

2-    01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެއެވެ.

3-    ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުންކުރެވިދާނެއެވެ.

4-    ކާފިއު ގަޑިތަކުގައި، Gov/Company ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަންގަވަންވާނެއެވެ.

            ކޮވިޑުގެ ޙާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، މި މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން 01 ޖުލައި 2021 އިން ފެށިގެން ހުއްޓާލާފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

01 ޖުލައި 2021
ހޯދާ