ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ އުތުރު ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސު ޖެހުމުގެ މަސައްކަތް.

ހޯރަފުށީ އުތުރު ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސު ޖެހުމުގެ މަސައްކަތް.

                  ހޯރަފުށީ އުތުރު ފުޓްބޯޅަ ސްޓޭޑިއަމްގެ ފެންސުޖެހުމުގެ މަސައްކަތް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

08 ޖުލައި 2021

ބުރާސްފަތި

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

13 ޖުލައި 2021

އަންގާރަ

11:00 (ހެނދުނު)

   

                މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. ހޯރަފުށީ އުތުރު ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސުޖެހުމުގެ މަސައްކަތް ކުރުމަށް ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 21 ޛުލްޤާއިދާ 1442

                 01 ޖުލައި   2021

01 ޖުލައި 2021
ހޯދާ