ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އޮޑިޓް އެގްޒެކެޓިވް (ވަގުތީ)، ސިވިލް ސަރވިސް ކޮމިޝަން

މަޤާމު:

އޮޑިޓް އެގްޒެކެޓިވް (ވަގުތީ)

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޑިވިޜަން/ސެކްޝަން:

ސިވިލް ސަރވިސް މޮނިޓަރިންގ އެންޑް އެންފޯސްމަންޓް/ އޮޑިޓް އެންޑް ކޮމްޕްލަޔަންސް

ސެކްޝަނުގެ މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސްގެ އިދާރާތަށް އޮޑިޓުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން

މުސާރަ:

މަހަކު -/8740 ރުފިޔާ

ސަރވިސް އެލަވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ވަގުތީ (ކޮންޓްރެކްޓް ކުރެވޭ ތާރީޚުން ފެށިގެން 2021 ނޮވެންބަރު 28 އަށް އަދި ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

އަސާސީ ޝަރުތު:

ހިއުމަން ރިސޯސް މެނޭޖްމަންޓް، އޮޑިޓިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް މެނޭޖްމަންޓުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރުމަށް ކަނޑައަޅާ (ކޮމްޕްލަޔަންސް އޮޑިޓް، ޚާއްޞަ އޮޑިޓް، ސްޕޮޓް ޗެކް އަދި އޮދިޓް ރިވިއު) ކުރުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ކޮމްޕްލަޔަންސް އޮޑިޓް، ޚާއްޞަ އޮޑިޓް، ސްޕޮޓް ޗެކް އަދި އޮދިޓް ރިވިއު ކުރުމާއި ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމާއި، އަދި ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ކޮމްޕްލަޔަންސް އޮޑިޓް، ޚާއްޞަ އޮޑިޓް، ސްޕޮޓް ޗެކް އަދި އޮދިޓް ރިވިއު ކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމާއި، ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގައި އެ އޮޑިޓްތައް ކުރުމާއި، ރިޕޯޓް އެކުލަވާލުމާއި، ކޮމިޝަނާ އަދި އެ އިދާރާއަކާ ޙިއްސާކުރުން. އަދި އެ އޮޑިޓަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  4. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށް ގެންދެވޭ އޮޑިޓްތަކުގެ ރިޕޯޓްތައް އެކުލަވާލުމަށްފަހު ކޮމިޝަނަށް ހުށަހަޅައި، ނިންމާގޮތެއްގެ މަތިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ފޮނުވައި ނިންމުންތައް ތަންފީޒުކުރަން އެންގުމާއި އެ ކަންތައްތައް ތަންފީޒު ކުރަމުން ގެންދާ މިންވަރު ގަވާއިދުން މޮނިޓަރ ކުރަމުން ގެންދިއުން.
  5. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށް ގެންދެވޭ އޮޑިޓްތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  6. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށް ގެންދެވޭ އޮޑިޓްތައް ކުރުމުގައި ފާހަގަކުރެވޭ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި އުޞޫލުތައް ހިންގުމުގައި ދިމާވާ ދަތިތައް ހޯދައި، ޤާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަން ފެންނަ އިސްލާހުތަކާގުޅޭ މައުލޫމާތު ކޮމިޝަނަށާއި، ކޮމިޝަންގެ އިދާރާގެ ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.
  7. އޮޑިޓް ކުރެވޭ އިދާރާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންތައްތައް އިޞްލާޙްކުރުމަށް ދެވިފައިވާ މުއްދަތުތަކަށް އެ ކަންކަން އިޞްލާޙްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބަލައި ރިވިއުކުރުން.
  8. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށް ގެންދިއުމަށް ކަނޑައަޅާ އޮޑިތްތަކުގެ އޮޑިޓް ޕްލޭން އެކުލަވާލައި، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން އޮޑިޓް ޕްލޭން ކޮމިޝަނުން ފާސްކުރުން. 
  9. ކޮމިޝަނުން ފާސްކުރާ އޮޑިޓް ޕްލޭނާ އެއްގޮތަށް ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާ އޮޑިޓްތައް ޕްލޭނާ އެއްގޮތަށް އިދާރާތަކުގައި ކުރިޔަށް ގެންދިއުން.
  10. ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ އިންސާނީ ވަސީލަތްތަކުގެ ޙާލަތު ދެނެގަތުމާއި ކަނޑައަޅާފައިވާ މެންޑޭޓް ޙާސިލްކުރެވޭ މިންވަރު ދެނެގަތުމަށް ހިއުމަން ރިސޯސް އޮޑިޓްކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމާއި، އެ އާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. އޮޑިޓް ޓީމްތަކުގެ އިދާރީ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  12. ސެކްޝަނުން ހިންގާ އޮޑިޓްގެ މަސައްކަތްތައް ހިނގައިދިޔަ ގޮތާއި، އެ ކަމުގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ބަލައި އަހަރީ ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއް ނިމުމުން ކޮމިޝަނަށް ހުށަހެޅުން.
  13. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  14. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2021 ޖުލައި 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] އަށެވެ. އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/downloads/15151 އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6 .މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. (ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

7. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައަޅާފައިވާ އިންސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައަޅާފައިވާ އިންސައްތަ: 55)
    • އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
    • ޕްރެކްޓިކަލްސް - 10 އިންސައްތަ
    • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ

 

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2021 ޖުލައި 12 ން 2021 އޮގަސްޓު 7 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ، 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ވަޒީފާއަށްކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން

 

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307362 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ[email protected]  އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

 

            21 ޛުލްޤަޢިދާ 1442ހ

            1 ޖުލައި 2021

 

01 ޖުލައި 2021
ހޯދާ