ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ަެއެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް 29 ޖޫން 2021 ވަނަ ދުވަހު ކުރެވުނު އިއުލާން ބާތިލްކޮށް އލުން އިއުލާން ކުރަމެވެ. ( ތާރީހު އިސްލާހު ކުރެވިފައި )

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

 

އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:

             މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، ކުރެވުނު ނަމްބަރ  GS132/2021/05 ( 20 މެއި 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން ނަންނޯޓް ކޮށްފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް ، ކުރެވުނު ނަމްބަރ  GS132/2021/07 ( 01 ޖޫން 2021 ) އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގައި މައްސަލަ ހުރިކަން ފާހަގަކޮށް  ، އެއިޢުލާން ބާޠިލުކޮށް ، އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ޖޫން 2021 ން 04 ޖުލައި 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ފޯން 6600315 ނަންބަރަށް ގުޅައިގެން ނުވަތަ ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 04 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 7) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.   
  4. މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 05 ޖުލައި 2021 ވާ ހޯމަދުވަހުގެ 13.00 ގައި ، ކެންދޫ ސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ ، 11 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 13.00 ގައި،  ކެންދޫ ސްކޫލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

-          ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ

-          ފޯން: 6600315

-          އީމެއިލް: [email protected]                           

20 ޛުލްޤަޢިދާ 1442 ހ

30 ޖޫން 2021 މ

30 ޖޫން 2021
ހޯދާ