މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބްރިޖްގެ ދެފަރާތުގައި ނެވިގޭޝަން ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ

            ސިނަމާލެބްރިޖްގެ ދެފަރާތުގައިޖަހާފައިވާ 04 ނެވިގޭޝަން ލައިޓް ހަރުކުރާ ޕޯސްޓުގައި އަމިއްލަ ހަރަދުގައި 05 މޭލު ދުރަށް އަލިފޮނުވާ 4 ބައްތި ގަނެ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ޖުލައި 08 ވަނަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                އަދި ދަންނަވަމެވެ، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޖޫން 2021
ހޯދާ