މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓިންގ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                             އިޢުލާން ނަންބަރު: IUL)MMPRC-HR/1/2021/24)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެސިސްޓެންޓް މާކެޓިންގ ކޯޑިނޭޓަރ

މުސާރަ (މަހަކު):-/5,820 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/1,940 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް:-/1,940 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 4

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ޖީ.ސީ.އީ.އޭ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުން (ނުވަތަ)،

ށ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުމާއިއެކު މަޤާމާއި ގުޅޭދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. މިކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތްތަކުގައި ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓްތައް) ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

ށ. މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، ރިޕޯރޓްތައް ތައްޔާރުކުރުން.

ނ. ޙަވާލުކުރެވޭ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.

ރ. މީޑިއާގައި ރާއްޖެއާބެހޭ އެދެވޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށްޓަކައި އެއިރެއްގައި ހިނގަމުންދާ ނުވަތަ އެންމެ ޝައުގުވެރިކުރުވާ ފަދަ ޓޮޕިކްތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދާ، ސުޕަވައިޒަރާއި ހިއްސާކޮށް އިނގިރޭސި އަދި ދިވެހި ބަހުން މީޑިއާ ރިލީޒް ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާއި ކަމާގުޅޭ މާކެޓްތަކުގައި ސާކިއުލޭޓް ކުރުން. އަދި ބޭރުދުނިޔޭގައި ރާއްޖެއަށްލިބޭ ޕޮޒިޓިވް ޕަބްލިސިޓީ އިތުރުކުރުމުގެ ގޮތްތަކާއިބެހޭ ކްރިއޭޓިވް އައިޑިއާތައް ދިނުން.

ބ. ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ތައްޔާރުކުރުން.

ޅ. ޙަވާލުކުރެވޭ މާރކެޓްތަކުގައި އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތާއި އަދި އެހެނިހެން ކަންތައްތައް ޕީ.އާރް ގެ ލަފާ ހޯދާ، ސުޕަވައިޒަރގެ ލަފާގެ މަތިން ކުންފުންޏާއި ގުޅިގެން ކުރަމުން ގެންދިއުން

ކ. ޙަވާލުކުރެވޭ ޕީ.އާރު ފާމުތަކުން ކުރާ މަސައްކަތްތައް އެފަރާތްތަކާއި ހެދިފައިވާ ކޮންޓްރެކްޓް ތަކުގައިވާ ގޮތުގެމަތިން ކުރިއަށްގެންދޭތޯ ބެލުމާއި، ކޮންމެމަހަކު އެފަރާތުން ފޮނުވާ ރިޕޯރޓްތައް ޗެކްކޮށް މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންތައްތަކަށް އަމަލުކުރުމާއި ޕީ.އާރުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިރަށް އެންގުން.

އ. ޙަވާލުކުރެވޭ  މާރކެޓްތަކުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑް ކޮށް ބެލެހެއްޓުން.

ވ. މާރކެޓްތަކުގެ މާރކެޓް ރިޕޯރޓްތައް ތަޔާރުކޮށް ދިރާސާކުރުމުގައި މާރކެޓިންގ ޓިމަށް އެހީތެރިވުން.

މ. މާކެޓިންގ ޓީމުގައި ހިމެނޭ މާރކެޓް ތަކުގައި ހިންގާ އެންމެހާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މަސައްކަތް ތަކަށް އެހީތެރިވެ ޑެޑްލައިންތަކަށް ނިންމުން.

ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  06 ޖުލައި 2021 ވަނަ ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

-  ޕޮލިސް ރިޕޯޓް (3 މަސް ހަމަނުވާ)

 އިތުރު މަޢްލޫމާތު:

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

29 ޖޫން 2021
ހޯދާ