ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ތަސައްވަރު އެކުލަވާލުމަށް ކުރިއަށް ގެންދެވޭ ވިޝަނިންގ ހަރަކާތަށް ހޯދާ ލޯކަލް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

ރަޖިސްޓްރީވުން:

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 27 ޖޫން 2021 (އާދިއްތަ) ދުވަހުގެ 18:00 ން ފެށިގެން 04 ޖުލައި 2021 ވާ (އާދިއްތަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.  

ލިންކް: https://forms.office.com/r/TZ84LDfMSR

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ޕްރައިސް ޕޮރޮޕޯސަލް
  • މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިޔުންތައް
  • ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (ބޭރުގެ ތަޢުލީމީ ސެޓްފިކެޓެއް ނުވަތަ ބޭރުގެ ތަޢުލީމުދޭ މަރުކަޒަކާއި އެފިލިއޭޓްވެގެން ހިންގާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ އެކްރެޑިޓް ކޮށްފައި)

ޓާރމްސް އޮފް ރެފަރަންސް:

މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް  ތިރީގައިވާ އީމެއިލްއަށް މެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.  މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަވެސް އީމެއިލް ކުރައްވާނީ ތިރީގައިވާ އެޑްރެހަށެވެ.

ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހަޅާ އަދި ހުޅުވުން އޮންނާނީ 11 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އީ-މެއިލް: [email protected]

ކޮޕީ: [email protected]

ފޯން: 6527177

27 ޖޫން 2021
ހޯދާ