ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި (3 ވަނަ ބެޗް) ނީލަން ކިޔުމާގުޅޭ

އިޢުލާން

 

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި (3 ވަނަ ބެޗް) ނީލަން ކިޔުމާގުޅޭ

 

މި ކޮމިޝަނުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

މި ނީލަމުގައި ބައިވެރިވެލެއްވުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 ޖުލައި 1 ވަނަ ދުވަހުގެ 11:00 ގައި މި ކޮމިޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003152 ފޯނަށް ގުޅުއްވުން އެދެމެވެ.

 

13 ޛުލްޤައިދާ 1442

23 ޖޫން 2021

23 ޖޫން 2021
ހޯދާ