މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓް

އިޢުލާން

 

25 ފެބްރުވަރީ 2021 ވަނަ ދުވަހު ގެޒެޓް ކުރެވުނު ގަވާއިދު ނަންބަރު 2021/R-29 ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދު (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު)ގެ 9 ވަނަ މާއްދާގެ ދަށުން ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓެއް ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 30 ޖޫން 2021 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިހާރު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ހުށަހަޅުއްވަންޖެހިވަޑައި ނުގަންނަވާނެވާހަކަ ދެންނެވީމެވެ.


13 ޛުލްޤަޢިދާ 1442

23 ޖޫން 2021
ހޯދާ