ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ވޮޗަރ (ކޮންޓްރެކްޓް)

 

އިޢުލާނު

މަޤާމު :

ވޮޗަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓު (ކޮންޓްރެކްޓް ކުރެވޭ ދުވަހުން ފެށިގެން 31 ޑިސެންބަރު 2021 އަށް)

މަޤާމުގެރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް (ގްރޭޑް 1)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވިލުފުށީ ސްކޫލު / ތ.ވިލުފުށި

މުސާރަ:

 މަހަކު -/5000 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ސްކޫލްގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި ގޯތިވަށައިގެންވާ މަގުތައް ބެލެހެއްޓުން

2. އެދުވަހަކު ސްކޫލް ބަންދުކުރުމުން ސްކޫލްގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. މިގޮތުން ސްކޫލްބަންދު ގަޑީގައި ކަމާނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ވައްދައިގެން ނުވާނެއެވެ.

3. ނުރަސްމީ ގަޑީގައި ސްކޫލަށް ވަދެނިކުމެވާ މީހުން ލޮގުކޮށް، ރެކޯރޑް ބެލެހެއްޓުން.

4. ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް ސްކޫލްގެ ކަމާބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ޙައްލުކުރުން.

5. ބަންދު ގަޑީގައި ސްކޫލުން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން ސްކޫލްގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރުން.

6. ސްކޫލްގައި އޯލެވެލް / އޭލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން.

7. ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.

8. ރަސްމީ ބަންދުނޫން ކިޔެވުން އޮންނަ ކޮންމެދުވަހެއްގެ މެންދުރުފަހު 2:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް (18 ގަޑިއިރު)، ރަސްމީ ބަންދުނޫން ކިޔެވުން ނޯންނަ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް (18 ގަޑިއިރު)، ރަސްމީ ބަންދު ދުވަސްތަކުގައި އަދި އޯލެވެލް، އޭ ލެވެލް އިމްތިހާނު ކަރުދާސްތައް ސްކޫލަށް ގެންނަ ދުވަހުން ފެށިގެން އިމްތިހާނު ކަރުދާސްތައް ސްކޫލުން ގެންދިއުމާއި ހަމައަށް 24 ގަޑިއިރު ޑިއުޓީކުރުން.

9. ގޮނޑި، ޑެސްކު ފަދަ ތަކެތި އަވީގައި ނުވަތަ ވާރޭގެ ތެރޭގައި ހުރިނަމަ ހިޔަލަށް ލައިދޭން ވާނެއެވެ. އަދި ސްކޫލްގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި އިޙުތިފާލްތަކާއި، ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމާ އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެމަތީން ސެކިއުރިޓީ ބެލެހެއްޓުން.

10. ކުއްލިއަކަށް ދިމާވާ ކަންކަމުގައި ސްކޫލުން އަންގައިފިނަމަ ނުކުތުން.

11. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.

12. އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސް ކޮށައި ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވެދިނުމާއި، އިދާރާގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.

13. ސްކޫލްގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

14. ސްކޫލް ބަންދު ގަޑީގައި ސްކޫލުން ބޭރަށް ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި ސްކޫލުން އަންގާ ގޮތެއްގެ މަތިން ރެކޯރޑްކޮށް ލޮގްކޮށް ބެލެހެއްޓުން.

15. ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި ސްކޫލުން އެދިލައްވާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުޙަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދަޢުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް: ސެކިއުރިޓީ ބެލެހެއްޓުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/downloads/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  ނުވަތަ އައިޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:  

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލް 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމް".

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 29 ވާ ހޯމަ ދުވަހުގެ ގެ ހެނދުނު 11:00 ގެ ކުރިން، ވިލުފުށީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 30 ޖޫން 2021 ން 7 ޖުލައި 2021އާއިދެމެދު، ތ.ވިލުފުށީ ސްކޫލުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7940633 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 ޖޫން 2021
ހޯދާ