މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިވަން ދުވަހާއި ގުޅިގެން ޓީ.ވީ އިން ގެނެސް ދިނުމަށް ހަމަޖެހިފައިވާ ތެލެތޯން ޝޯއަށް ސަގާފީ 3 އައިޓަމެއް ތައްޔާރުކުރުން

                              ނަންބަރު: IUL 10-NE/10/2021/75

                       އިޢުލާން  

 

މި އަހަރުގެ މިނިވަންދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި 26 ޖުލައި 2021 ވާ ހޯމަ ދުވަހު ހެނދުނު 6:00 ން ދަންވަރު 0:00 ށް ޓީވީން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

މިގޮތުން މި ޓެލެތޯންގައި ހިމެނުމަށްޓަކައި މިނިވަންދުވަހާ ގުޅޭގޮތުން 4 މިނިޓްގެ ޘަޤާފީ ތިން ކުޅިވަރު އައިޓަމް ތައްޔާރުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދެއްވޭނެ ފަރާތްތަކުން 27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވައި ރަޖިސްޓަރީ ކުރެއްވުމުން ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް މިކަމާބެހޭ އިތުރު މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

 

  • އިޢުލާނު ނަންބަރު
  • ހުށަހަޅާ ކުންފުނި /އަމިއްލަ ފަރުދެއްނަމަ ނަން
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް
  • ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަން، މަޤާމް/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު

މަސައްކަތުގެ އަގު ހުށަހެޅުމަށް ވަޑައިގަންނަވާނީ 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ.

 

12 ޛުލްޤަޢިދާ 1442

22 ޖޫން    2021

 

 

23 ޖޫން 2021
ހޯދާ