ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ފަހަރުގެ ރޯޑްވާދިނަސް ހެއްދުމަށް ރޯޑްވާދިނަސް ސެންޓަރަށް ހުއްދަ ދޫކުރުން

އިޢުލާން

 

ރޯޑްވާދިނަސް ސެންޓަރަށް ހުއްދަ ދޫކުރުމާ ގުޅޭ

މިރަށަށް ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުފަހަރުގެ ރޯޑްވާދިނަސް ހެއްދުމަށް މިރަށުގެ 1 ސެންޓަރަށް ރޯޑުވާދިނަސް ހެއްދުމުގެ ހުއްދަ ދިނުމަށް މިކައުންސިލުން ބޭނުންވާތީ އެއްގަމު އުޅަނދުތަކުގެ ރޯޑުވާދިނަސް ހެއްދުމަށް ބޭނުންވާ ގަރާޖުތަކުން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއިއެކު ގަރާޖް ހިންގުމުގެ ހުއްދަ އާއި ވެރިފަރާތުގެ އައިޑީކާޑްގެ ކޮޕީވެސް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6500029 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

        12 ޛުލްޤަޢިދާ 1442

        22 ޖޫން    2021

22 ޖޫން 2021
ހޯދާ