މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް އެގްޒެކެޓިވް، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް

ވަޒީފާގެ ފުރުޞަތު

 

މަޤާމް :

ބިޒްނަސް އެގްޒެކެޓިވް، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/9,710 ރުފިޔާ (ނުވަހާސް ހަތްސަތޭކަ ދިހަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/ 3,800ރުފިޔާ ( ތިންހާސް އަށްސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިވިޝަން/ސެކްޝަން/ޔުނިޓް :

ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް މެނެޖްމަންޓް ނުވަތަ ކޮމާރސް ނުވަތަ އިކޮނޮމިކްސް ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން މާރސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
  • ބިޒްނަސް މެނެޖްމަންޓް ނުވަތަ ކޮމާރސް ނުވަތަ އިކޮނޮމިކްސް ނުވަތަ ބިޒިނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރައަކުން ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • ކުންފުނީގެ އާމްދަނީގެ ބިންގާތައް ތަރައްގީކޮށް ފުޅާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި ދިރާސާތައް ކުރުމާއި އެފަދަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލަންޖެހޭ ޕްލޭންތަކާއި ކަރުދާސްތައް ތައްޔާރުކުރުން
  • ޕޯސްޓަލް މާކެޓާއި ޕޯސްޓަލް އިންޑަސްޓްރީގައި ހުރި އިގްތިސާދީ ފުރްސަތުތައް ދެނެގަތުމާއި  ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ މައްޗަށް  ޚިދުމަތްތަކަށާއި މަސައްކަތްތަކަށް ޒަމާނީ ބަދަލުތަކާއި އިނަވަޓިވް ސޮލިއުޝަންސް  ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • ޕްރެޒެންޓޭޝަން ސްކިލްސްހުރި ފަރާތަކަށްވުން
  • އެކިއެކި ދިރާސާތައް ހެދުމުގެ ޤާބިލްކަން ހުރުމާއެކު ޕްރޮޖެކްޓް ޕްލޭންނާއި ޓެކްނިކަލް ކަރުދާސް ތައްޔާރު ކުރުމުގެ ޤާބިލްކަން ހުރުން
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  1. ވަޒީފާއަށްއެދޭ ފޯމް
  2. ވަނަވަރު (ސީވީ)
  3. އައިޑީ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

  • މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  30 ޖޫން  2021 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
22 ޖޫން 2021
ހޯދާ