މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބޭނުމަށް އެމް.ޑަބްލިޔު.އެސް.އެސީ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ 4ވަނަ ފަންގިފިލާގައި 15 ކޮޓަރި ހެދުމާއި އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް.

 

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބޭނުމަށް އެމް.ޑަބްލިޔު.އެސް.އެސީ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ 4ވަނަ ފަންގިފިލާގައި 15 ކޮޓަރި ހެދުމާއި އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.  

 

  • މިބީލަމާއިގުޅޭ މައުލޫމާތު ކަރުދާހާއި، ކުރެހުން އަދި ބީލަން ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމުތައް އިޢުލާނާ އެޓޭޗްކުރެވިފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • މިމަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައެވެ.މައުލޫމާތު ސެޝަންގައި ބައިވެރިވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ދެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަނިއެވެ.
  • މަސައްކަތްކުރާ ސައިޓް ބެލުން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، އަމީނީމަގު 4 ވަނަ ފަންގިފިލާ ގައެވެ.
  • ބީލަން ހުޅުވުން އޮންނާނީ 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި، ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

22 ޖޫން 2021
ހޯދާ