އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                             

                                  ނަންބަރު: GS58/IUL/2021/09

 އިޢުލާން                                      

މަސައްކަތް

އައްޑޫ ހައި ސްކޫލްގެ ސެކިއުރިޓި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަޢުލޫމާތު ދިނުން

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު 23ޖޫން 2021 ވާ ބުދަދުވަހުން ފެށިގެން 01 ޖުލައި 2021ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑިގައި އީމެއިލް މެދުވެރިކޮށް ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

ނަންނޯޓް ކުރައްވާއިރު ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުނީގެ ނަން:

ފޯންނަންބަރު :

އީމެއިލް އެޑްރެސް :

މަސްޢޫލުވެރިފަރާތް :

މަތީގައި ދެންނެވުނު މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވެވަޑައިގަންނަވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު އަދި ބިޑްފޮތް 04 ޖުލައި 2021 ވާ އާދީއްތަދުވަހު 08:00 އިން 14:00 ދެމެދު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބިޑް ހުޅުވުން

ކޮވިޑް19 އާއި ގުޅިގެން އައްޑޫ ސިޓީގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބި ބިޑް ހުށަހެޅުމަށް ވަޑައިގެންނެވޭފަދަ ގޮތަކަށް 08 ޖުލައި 2021 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ލުއި ދެވިފައިވާނަމަ މިމަސައްކަތާއި ގުޅޭ ބިޑް ހުށަހެޅުން އޮންނާނީ 08 ޖުލައި 2021 ވާ ބުރާސްފަތިދުވަހު 11:00 އަށް އައްޑޫ ހައިސްކޫލްގައެވެ.

ނަމަވެސް މިތާރީޚާ ހަމައަށް އިސްވެދެންނެވުނު ފިޔަވަޅުތަކަށް ލުއިދެވިފައިނުވާނަމަ ބިޑް ހުށަހަޅާނެ ތާރީޚް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާންމުކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މައުލޫމާތު

މިއިޢުލާނާއި ގުޅިގެން ސާފުކުރައްވަން ބޭނުންވާ އެއްވެސް އިތުރު މަޢުލޫމާތެއްވާނަމަ 30 ޖޫން 2021ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected] އެޑްރެހަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު [email protected] މެއިލްކުރެއްވުމަށް ދަންނަވަމެވެ.

 

 

               12 ޛުލްޤައިދާ 1442 ހ.

               22 ޖޫން    2021މ.

    

22 ޖޫން 2021
ހޯދާ