މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލްގެ އިދާރާ އަދި ހެނބަދޫ ހިނަވާގޭގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅުމުގެ މަސައްކަތް ކުރުމާއިގުޅޭ

 

 

އިޢުލާން

ހެނބަދޫ ކައުންސިލްގެ އިދާރާ އަދި ހެނބަދޫ ހިނަވާގޭގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅުމުގެ މަސައްކަތް ކުރުމާއިގުޅޭ.

       ނ.ހެނބަދޫ ކައުންސިލާއި ހެނބަދޫ ހިނަވާގޭގައި ހުރި ޖަންގޝަންތަށް ނަރުދަމާ ނިޒާމަށް ގުޅާލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ އިޢުލާން ނަންބަރު (IUL)285-D/285/2021/29އާއި ގުޅިގެން، އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                 11 ޛުލްޤަޢިދާ 1442

      21 ޖޫން 2021

                                        

                                                     ޙުސައިން އަބޫބަކުރު

                                                   ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

21 ޖޫން 2021
ހޯދާ