މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 704 ފްލެޓް އިންޝުއަރކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ  28 ޖޫން 2021 ވާ ހޯމަދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް  އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.

 

      

20 ޖޫން 2021
ހޯދާ