މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޖަންގަލް ގްރީން ޓީޝާޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

            އެމް.އެން.ޑީ.އެފް އަށް ބޭނުންވާ ޖަންގަލް ގްރީން ޓީޝާޓް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސާމްޕަލް ޓީޝާޓްއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ސާމްޕަލް ޓީޝާޓްއެއް ހުށަނައަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 26 ޖޫން 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 28 ޖޫން 2021 ވަނަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.

މިކަމަށް އަގު ހުށަހަޅުއްވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 250.00ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައިވާނެއެވެ.

އީމެއިލް:   [email protected]

ފޯން:  3327881

ވެބްސައިޓް: https://bit.ly/3m9zDGW

 

ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.

 

‏‏9‏ ޛުލްޤަޢިދާ‏ 1442

‏19‏ ޖޫން‏ 2021

19 ޖޫން 2021
ހޯދާ