ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިންތިޚާބާ ބެހޭ ކޮމިޓީ އެކުލަވާލުން

     ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ދަށުން ބާއްވާ ބައި-އިލެކްޝަންގެ އިންތިޚާބާ ބެހޭ ކޮމިޓީގައި މި ކައުންސިލުގެ ޢާންމު މެންބަރަކު ހިމެނުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވާތީ، 8 ޖޫން 2021ގައި ކުރެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު: 2021/19/އައި.ޔޫ.އެލް/480 އިޢުލާނު އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

1 (އެކެއް)

އަސާސީ ޝަރުތުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙާތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

ނޯޓް: އިންތިޚާބާ ބެހޭ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެމްބަރަކު އިންތިޚާބާ ބެހޭ ކޮމިޓީން އިސްތިޢުފާ ދޭންޖެހޭނެއެވެ. 

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

 

ގަވާއިދު ނަންބަރު: 1055-އާރު/2019 (ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިއަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު) އާ އެއްގޮތަށް ބާ ކައުންސިލުން ބާއްވަންޖެހޭ ބައި-އިލެކްޝަންއާ ގުޅޭއެންމެހައި ކަންތައްތައް ރާވައި ހިންގުން

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  1. އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛ އަދި
  5. ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޓިޓޭޓާއި ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެމްބަރަކު އިސްތިއުފާ ދިނުމަށް އެއްބަސްވާކަން އަންގައިދޭ ލިޔުން (މި ލިޔުން ސިޓީއެއްގެ ސިފައިގައިވެސް ހުށަހެޅިދާނެއެވެ.)

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި

އެޕްލިކޭޝަން ހުށަހަޅާނީ 24 ޖޫން 2021 ގެ 15:00 ގެ ކުރިން ބާ ކައުންސިލުގެ  [email protected] އަށް އީ-މެއިލްގެ ޒަރީޢާއިންނެވެ. (ހުރިހާ ޑޮކިއުމަންޓެއް އެއް އީ-މެއިލެއްގައި އެޓޭޗްކުރެވިފައި)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.   

18 ޖޫން 2021
ހޯދާ