ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު G2/T/01 އިމާރާތް (ތެޔޮގުދަން) ކުއްޔަށް ދޫކުރުން

ޅ.ނައިފަރު G2/T/01 އިމާރާތް (ތެޔޮ ގުދަން)ހިންގުމަށްޓަކައި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ބޭފުޅުން މި ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބިޑް ގައި ބައިވެރިވުމާއި ދައްކަންޖެހޭ ފީ

މި ބިޑްގައި ބައިވެރިވުމަށްޓަކައި 20 ޖޫން 2021 އިން ފެށިގެން 28 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނައިފަރު ކައުންސިލްގެ އެކައުންޓް (1370 ރެވެނިއު 1) ނަންބަރ 7705700335001 އަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާ، 7988627 އަށް ސްލިޕްކޮޅި ވައިބަރ އިން ފޮނުވަން ވާނެއެވެ. ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.

 

ބިޑާއި ގުޅޭ މަޢުލޫމާތު ދިނުން

މި ބިޑާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން 6620167 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވަމުން ގެންދެވުން އެދެމެވެ.

 

ބިޑް އޯޕަން މީޓިންގް

ބިޑް ހުށަހެޅުމުގެ މީޓިންގ އޮންނާނީ 29 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

17 ޖޫން 2021
ހޯދާ