އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމާއި ގުޅޭ

އިޢުލާން

އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމާއި ގުޅޭ:

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ބިމާބެހޭ އެންމެހާ މުޢާމަލާތްތަކުގެ ރެކޯޑްސް ބެލެހެއްޓުމަކީ ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަމެކެވެ. މިގޮތުން އައްޑޫގެ އޮޅު ދަނޑުތައް ހައްދަމުންދާ ބިންތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިއިދާރާގެ ނަންބަރ (IUL)426-AB/426/2021/121  އިޢުލާނުން ފޯމު ހުށަހެޅުމަށް ދެންނެވިފައި ވާނެއެވެ. ބުނެވިދިޔަ އިޢުލާނުން އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު ހަމަވެފައި ވީނަމަވެސް، މުއްދަތު އިތުރުކޮށް ދެއްވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ،  އޮޅު ދަނޑުތައް ދަފްތަރުކުރުމަށް ހުޅުވާލި މުއްދަތު 30 ޖޫން 2021 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށް ދެވިފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ، މި ތާރީޚުގެ ކުރިން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު އެއަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުން އޮޅު ދަނޑުތައް ދަފްތަރު ކުރުމަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

04  ޛުލްޤައިދާ 1442

14 ޖޫން 2021
ހޯދާ