ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާވަރ، ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި ޕްރިންޓަރ ސަޕްލައިކޮށްދީ، އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

ސާވަރ، ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި ޕްރިންޓަރ ސަޕްލައިކޮށްދީ، އިންސްޓޯލް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

 

      މި އިދާރާއިން ދޭ މަޢުލޫމާތާއި ނަމޫނާއި އެއްގޮތަށް، ސާވަރ، ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި ޕްރިންޓަރ ހޯދުމަށް ބޭނުންވެއެވެ. ސާވަރ، ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި ޕްރިންޓަރގެ ސްޕެސިފިކޭޝަން  މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދީ، އިންސްޓޯލް ކުރުމަށް    ޝަޢުޤުވެރިވާ ފަރާތްތަކުން  ތިރީގައިވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފްކުރުން

ބާވަތް

30 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް

23 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 11:30 ކުރިން (https://forms.gle/NDuJdJwGtfUpoqxB9) ލިންކް މެދުވެރިކޮށް

ސާވަރ

30 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް

23 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:30 ކުރިން(https://forms.gle/2yNjB2kDveeG3NjF8) ލިންކް މެދުވެރިކޮށް

ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް އަދި ޕްރިންޓަރ

 

        މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ފުރިހަމަނުކުރައްވާ ފަރާތްތަކުންނާއި މުއްދަތު ހަމަވުމުގެ ފަހުން ފޯމް ފުރިހަމަކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅެނީ ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.

         މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ޖޫން 2021
ހޯދާ