ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ތޮށިގަނޑު ހިމެނޭ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލު 2021" ޢާއްމުކުރުން

އިޢްލާން

 

 "ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ތޮށިގަނޑު ހިމެނޭ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލު 2021" ޢާއްމު ކުރުން.

 

       މިރަށު ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ތޮށިގަނޑު ހިމެނޭ ސަރަހައްދުގައި ޢާއްމުކޮށް އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުންނާއި، އެސަރަހައްދުގެ ޕޭވްމެންޓް މަތީގައި ގިނަދުވަސް ވަންދެން ތަކެތި ބެހެއްޓުމުގެ ސަބަބުން އުޅަނދު ފަހަރު ލަފާފުރުމުގައި ދަތިތަކާއި ކުރިމަތިވާތީ، "ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ތޮށިގަނޑު ހިމެނޭ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލް 2021" ޢާއްމު ކޮށްފީމެވެ. އެއުޞޫލަށް ޢަމަލުކުރަން ފަށާނީ، 20 ޖޫން 2021ވާ އާދީއްތަ ދުވަހުގެ 00:00 އިން ފެށިގެންނެވެ. ވީމާ، އެސަރަހައްދުގައި ބަހައްޓާފައި ހުރި އެންމެހައި ތަކެތި، މިއަދުން ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ.

 

       މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

       03 ޛުލްޤަޢިދާ 1442

       13 ޖޫން 2021

 

ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ތޮށިގަނޑު ހިމެނޭ ސަރަހައްދު ބޭނުންކުރުމުގެ ވަގުތީ އުޞޫލު 2021

 

1-    ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ސަރަހައްދުގައި، ރީނދޫކުލައިގެ ދަވާދުން، ޒިބްރާ ކްރޮސް ޖަހާފައިވާ ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި ބާއްވަންވާނީ މިއުޞޫލްގައިވާ ގޮތުގެ މަތީންނެވެ.

1.1-         މަތީގައިވާ ބަޔާންކޮށްފައިވާ ސަރަހައްދަށް ކައިރި ކުރެވޭނީ، ފެރީ އުޞޫލްގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ލޯންޗް ފަހަރަށެވެ.  

1.2-         ފަސިންޖަރުންނާއި މުދާ އަރުވާ ނުވަތަ ބާލާ ނިމުމާއެކު އެއުޅަނދެއް އެތަނުން ނަގަންވާނެއެވެ.

1.3-         މިސަރަހައްދަކީ އިމަރޖެންސީ ޙާލަތްތަކުގައި އިތުރު ފަރުވާއަށް ފުރުވާލާ ބަލިމީހުން ފުރުވާ ސަރަހައްދު ކަމުގައި ވުމާއެކު، މިސަރަހައްދުގެ އެއްގަމުގައި އެއްވެސް މުދަލެއް ބަހައްޓައިގެން ނުވާނެއެވެ.

1.4-         މިއުޞޫލްގެ 01ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ސަރަހައްދުގައި، ޙާލަތަށް ރިޔާޢަތްކޮށް، މުދާ ބަހައްޓަން ޖެހިއްޖެނަމަ، ކުރެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އެމުދަލެއް ބެހެއްޓިދާނެއެވެ. އެޙާލަތުގައި ހުއްދަ ނަގާނީ 7993319 އަށް ނުވަތަ 7417553 ނަމްބަރު ފޯނަށް ގުޅައިގެންނެވެ.

1.5-         މިނޫން ޙާލަތްތަކުގައި، މިސަރަހައްދަށް އެއްވެސް އުޅަނދެއް ގާތްކުރަންވާނީ ކުރެންދޫ ކައުންސިލްގެ އިދާރާގެ ހުއްދަ ހޯދައިގެންނެވެ. ހުއްދަ ހޯއްދަވާނީ،

  1. ކުރެންދޫ ބަނދަރުގެ ނެރުފައިކަށީގެ އެއްގަމު ސަރަހައްދުގައި، ދަވާދު ނުލައި އޮތް ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި ބާއްވަންވާނީ މިއުޞޫލްގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

2.1-         މިސަރަހައްދު ޚާއްޞަކޮށްފައިވަނީ މުދާ އަރުވާ ބޭލުމަށެވެ.

2.2-         މިސަރަހައްދުގައި 6ގަޑި އިރަށްވުރެ ގިނައިރު، އުޅަނދުފަހަރު އަޅާފައި ބޭއްވުމަކީ މަނާ ކަމެކެވެ.

2.3-         ޚާއްޞަ ޙާލަތެއް އުޅަނދަށް ދިމާވެގެން، އެސަރަހައްދުގައި އުޅަނދު ބާއްވަން ވާނީ، ކުރެންދޫ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ.

2.4-         މިސަރަހައްދުގެ ޕޭމަންޓް މަތީގައި، އެއްވެސް ބާވަތެއްގެ މުދަލެއް، 03 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓައިގެން ނުވާނެއެވެ.

2.5-         އެސަރަހައްދުގެ ޕޭމަންޓުން ބޭރުގައި، ދޮންވެލި، އެޅިގައު، ހިލަ، ހިލަވެލި، ސިމެންތި، ލަކުޑި، ދަގަނޑު އަދި މިނޫންވެސް ބަރު މުދާ، 72 ގަޑިއިރަށްވުރެ ގިނައިރު ބަހައްޓައިގެން ނުވާނެއެވެ.

2.6-         ޚާއްޞަ ޙާލަތެއް ދިމާވެގެން، 72ގަޑިއިރަށްވުރެ ގިނައިރު، މިސަރަހައްދުގައި މުދާ ބަހައްޓަންވާނީ، "ވަގުތީ ގޮތުން ބަނދަރުގައި ތަކެތި ބެހެއްޓުމުގެ ހުއްދައަށް އެދޭ ފޯމް"  ހުށަހަޅައި ހުއްދަ ހޯދައިގެން، އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

ނޯޓް: މިއުޞޫލަކީ، ވަގުތީ އުޞޫލަކަށް ވާތީ، މިއުޞޫލަށް ޢަމަލުކުރާނީ، "ޅ. ކުރެންދޫ ބަނދަރު ބޭނުންކުރުމުގެ ޤަވާޢިދު" އަށް ޢަމަލުކުރަން ފަށާ ދުވަހާއި ހަމައަށެވެ.

************

 

 

 

13 ޖޫން 2021
ހޯދާ