އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ޤާއިމުކުރުމަށްޓަކައި ބޭނުންވާ އިންޓީރިޔާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ          

          މިއޮފީސް ޤާއިމުކުރުމަށްޓަކައި ބޭނުންވާ އިންޓީރިޔާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރުއްވާ [email protected] އަށް އީމެއިލް ކުރެއްވުމަށްފަހު، 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (ހ. ކެލީތިއާ / ހަކުރާގޯޅި) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އިސްވެ ދެންނެވުނު ގަޑީގެ ފަހުން ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކާއި، ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

          06 ޛުލްޤައިދާ 1442

16 ޖޫން 2021
ހޯދާ