މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެނޭޖަރ

ތާރީޚް: 15 ޖޫން 2021                                        ނަންބަރު: (IUL)22-EDF/22/2021/133

ތަޢުލީމީ ފަންޑުގެ މެނޭޖަރ ގެ މަޤާމަށް މީހަކު ހޮވުމަށް ބޭނުންވެގެން 26 ނޮވެންބަރު 2020ގައި ކުރި ނަންބަރު:

22-EDF/22/2020/117 އިޢުލާނާ ގުޅިގެން ލިބުނު ހުށަހެޅުންތައް ބާޠިލްކޮށް، އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

  • މަޤާމް:                  މެނޭޖަރ
  • ބޭނުންވާ އަދަދު :            01            
  • އަސާސީ މުސާރަ :           މަހަކު -/15,000 ރުފިޔާ
  • ސާރވިސް އެލަވަންސް :        މަހަކު -/2,500 ރުފިޔާ
  • ފޯން އެލަވަންސް :           މަހަކު -/350 ރުފިޔާ
  • ވަޒީފާއޮތް އޮފީސް :          އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • ގިންތި  :               ކޮންޓްރެކްޓް (2 އަހަރު)
  • ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :  މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު ، މާލެ                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް :

  1. ފަންޑު މެނޭޖްކޮށް ބެލެހެއްޓުން 

  2. ފަންޑުގެ ޤަވައިދުތައް ތައްޔާރުކުރުމާއި ޤަވާއިދުތައް ފާސްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން   

  3. އަހަރީ އެކްޝަން ޕްލޭނާ އެއްގޮތަށް ފަންޑު ދިރުވުމަށް ބޭނުންވާ މަޝްރޫޢުތައް ހިންގައި ބެލެއްޓުން

  4. އަހަރީ މާލީ ހިސާބުތައް ބަލައި ދިރާސާ ކުރުމާއި، ބޮޑެތި ކެޕިޓަލް ޚަރަދުތަކާއި އިންވެސްޓްމަންޓްތައް ބަލައި ދިރާސާކޮށް ފަންޑު ކޮމިޓީއަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން  

  5. އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން

  6. ފަންޑުގެ އަހަރީ ރިޕޯރޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

  7. ފަންޑުގެ އަހަރީ އޮޑިޓް ކުރުވުމާއި، އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

  8. ފަންޑުގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.  

  9. ފޭމަންޓް ވައުޗަރ/ ޖޭވީ ތަކުގައި ހުއްދަދިން ސޮއިކުރުން

  10. ސެޕް ސޮފްޓްވެއަރ އަށް އެންޓަރ ކުރާ ޕޭމަންޓް ޖޭވީ ޕޯސްޓްކުރުން.

  11. ފަންޑު ދިރުވައި ތަރައްޤީ ކުރުމަށް ބޭނުންވާ ކަންކަމުގެ ފީސިބިލިޓީ ރިޕޯޓް ތަކާއި ޕްރޮޕޯޒަލްތައް ތައްޔާރުކުރުމާއި، އެޕްރައިޒް ކުރުން

  12. އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން

  13. މީގެ އިތުރުން ފަންޑު އިދާރާއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން 

ޝަރުތު :                                              

  • މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (ފައިނޭންސް/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާ އިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،  
  • މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން (ފައިނޭންސް/ މެނޭޖްމަންޓް/ ބިޒްނަސް ދާއިރާ އިން) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޓްރަސްޓް ފަންޑު ނުވަތަ މިފަދަ އެހެން ފަންޑުތައް ހިންގައި ބެލެހެއްޓުމުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމަށް ހުށަހަޅައިދޭ ޕްރެޒެންޓޭޝަނަށް ބަލައިގެން
  • މަސައްކަތުގައި ބޭނުންކުރަންޖެހޭ ސޮފްޓްވެއަރ ތަކާއި ކޮންޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން                       

އިންޓަރވިއު ކުރުން އަދި ޕްރެޒެންޓޭޝަން ހުށަހެޅުން .

  1. އިންޓަރވިއުއަށް އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ އަށް ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭ އަންގާނެއެވެ. އަދި މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިއުލާނާ އެއްކަރުދާސްވަނީ ކުރެވިފައެވެ. އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް  www.moe.gov.mv  އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  3. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

    (ނ)  ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، ސްޕަވައިޒްކޮށް ބެލެހެއްޓި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީއެއް ( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ )

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި :

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން /އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު, އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށައެޅުއްވުންއެދެމެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 27 ޖޫން 2021 ވަނަ ދުވަހުގެ 13:00 އެވެ.

ނޯޓް:  

  1. މި އިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ޕްރެޒެންޓޭޝަން އާއި އިންޓަރވިއު އަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
  2. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341227/ 7791035 ފޯނަށް ގުޅުއްވުން އެދެމެވެ. 

Attachments

15 ޖޫން 2021
ހޯދާ