މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، ދިވެހި ފުލުހުން މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ ސަރަޙައްދުތައް

ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާގޮތް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން 15 ޖޫން 2021 ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން މާލެ ސަރަޙައްދު ހިމެނޭގޮތުން ދިވެހި ފުލުހުން މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ 6 ސަރަޙައްދު ތިރީގައި އެވަނީ އެވެ.

  1. ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަޙައްދު) ހެޑްކުއަރޓަރޒް މާލެ
  2. އަޕަރ ނޯތް ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ހދ. ކުޅުދުއްފުށި
  3. ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ރ. އުނގޫފާރު
  4. ނޯތް ސެންޓްރަލް  ޕޮލިސް (ކ، އއ، އދ އަދި ވ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އއ ރަސްދޫ
  5. ސައުތު ސެންޓްރަލް  ޕޮލިސް (މ، ފ، ދ، ތ އަދި ލ  އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް ލ. ގަން، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ދ. ކުޑަހުވަދޫ
  6. ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަޙައްދު) ރީޖަނަލް ހެޑްކުއަރޓަރޒް އައްޑޫ ސިޓީ، ސަބް ރީޖަނަލް ހެޑްކުއަރޓަރޒް ގދ. ތިނަދޫ

 ވީމާ، މިވާހަކަ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އާންމުކޮށް އިއުލާންކުރީމެވެ.

15 ޖޫން 2021
ހޯދާ