މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
44 ރަށެއްގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

1. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތަކަށް  ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައިމިވާ މިމަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕެކޭޖް ނަންބަރު

ޕްރޮޖެކްޓް ނަން

ޕެކޭޖް 1

ހއ. މާރަންދޫ، ހއ. ވަށަފަރު، ހއ. ތަކަންދޫ، ހއ. މޮޅަދޫ، ހދ. ކުރިނބީ އަދި ހދ. ހިރިމަރަދޫގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 2

ށ. ފޯކައިދޫ، ށ. ފޭދޫ، ށ. ޅައިމަގު، ށ. ނަރުދދޫ ، ށ. ނޫމަރާ، ށ. މަރޮށި، ށ. ކޮމަންޑޫ، ށ. ފީވަކުގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 3

ރ. އަލިފުށި، ރ. މަޑުއްވަރީ، ރ.މާކުރަތު، ރ. ރަސްގަތީމު އަދި ރ. ވާދޫގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 4

އދ. ކުނބުރުދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ އަދި ފ. މަގުދޫގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 5

ދ. މާއެނބުދޫ، މ. މުލައް، މ. މަޑުއްވަރީ، މ. ވޭވައް އަދި މ. ރަތްމަންދޫގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 6

ތ. ހިރިލަންދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި، ތ. ކަނޑޫދޫ،ތ. އޮމަދޫ، ތ. ބުރުނި، ތ. ވަންދޫ، ތ. ގާދިއްފުށީގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

ޕެކޭޖް 7

ލ. ދަނބިދޫ، ލ. މުންޑޫ، ލ. މާމެންދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. ދެއްވަދޫ،ގދ. ނަޑެއްލާ އަދި ގދ. ފިޔޮރީގައި ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް

2. މި މަސައްކަތްތަކުގެ ތެރޭގައި  ހިމެނެނީ ޓޮޕްގުރަފިކް ސާރވޭ ކުރުމާއި، ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްޕެކޭޖަށް ނުވަތަ އެއަށްވުރެ ގިނަ ޕެކޭޖަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

5. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

6. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 17 ޖޫން 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 1300 ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" މިމިނިސްޓްރީއަށް އީމެއިލްގެ ޒަރީއާއިން ހުށަހެޅުއްވުންއެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން  : (960) 3349296, (960) 3349147, (960) 3349106

އީ މެއިލް :. [email protected]

ކޮޕީ   : [email protected]

14 ޖޫން 2021
ހޯދާ