ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރާގައި ހުރި އަލިފާން ނިވާ ފުޅިތަށް، ރީފިލްކުރުމުގެ މަސައްކަތް ކޮށްދިނުމާއި އަދި 24 ފުޅި ސާވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރާގައި ހުރި އަލިފާން ނިވާ ފުޅިތަށް، ރީފިލްކުރުމުގެ މަސައްކަތް ކޮށްދިނުމާއި އަދި 24 ފުޅި ސާވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ. ވީމާ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2021 ޖޫން 21 ވަނަ ދުވަހު 1100 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]                   

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 ޖޫން 21 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް 2021 ޖޫން 22 ވަނަ ދުވަހު 1100ގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް، 2021 ޖޫން 23 ވަނަ ދުވަހުގެ 1100 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2021 ޖޫން 24 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުށަހަޅަންވާނީ، އީމެއިލް މެދުވެރިކޮށް، 2021 ޖޫން 29 ވަނަ ދުވަހުގެ 1100 ގެ ކުރިން، [email protected] އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3012691  3344262,

 ފެކުސް:  3344633

 އީމެއިލް: [email protected]  

 

 

 

 

14 ޖޫން 2021
ހޯދާ