ދިވެހިރާއްޖެ
ވަޒީފަގެ ފުރުސަތު
| މަޤާމު | އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން | 
| ބޭނުންވާ އަދަދު | 1 (އެކެއް) | 
| މަޤާމުގެ ބާވަތް | ކޮންޓްރެކްޓް | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން | ހަނިމާދޫ ކައުންސިލް އިދާރާ | 
| މަހު މުސާރަ / އުޖޫރަ | މަހަކު 4465.00 (ހަތަރުހާސް ހަތަރު ސަތޭކަ ފަސަދޮޅަސް ފަސް ރުފިޔާ) | 
| ސަރވިސް އެލަވަންސް | މަހަކު 1500.00 (ފަނަރަސަތޭކަ ރުފިޔާ) | 
| އިތުރު ޢިނާޔަތް | ސަޕޯޓިން ކޯ އެލަވަންސް މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ) - މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާން އެލަވަންސް. | 
| ކޮންޓްރެކްޓް ކުރެވޭ މުއްދަތު | މީލާދީ 01 (ހައެއް) އަހަރުދުވަސް 
 | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް | 1- ކޮމްޕިއުޓަރ ސޮފްޓްވެއަރ އިންސްޓްރޯލްކުރުމާއި،ނެޓްވޯކް މައްސަލަތައްހައްލުކުރުމާއި، ނެޓްވޯކްތެރެއިން ޕްރިންޓަރާއި، ސްކޭނަރ، ސާވަރ، ކެމެރާ، ފިންގަރ މެޝިން ފަދަ ތަކެތިގުޅުވާލުމާއި، ނެޓްވޯކްތެރެއިން މި ތަކެތީގެ ކަނެކްޝަން މައްސަލަތައް ހައްލުކުރުން، 2- ޓެކްނިކަލް ގޮތުން މައްސަލައެއް ދިމާވެ، ނުވަތަ ހަލާކުވާ ތަކެތީގެ މައުލޫމާތު، ގަންނަފަރާތަށް ފޯރުކޮށްދިނުން 3- ވެބްސައިޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުން، އަދި ޓެކްނިކަލް ގޮތުން ސައިޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން. 4- ކައުންސިލްގެ ބޭނުމަށް މީސްމީޑިއާގައި ބޭނުންކުރާނެ، އައިޑީ، ސޮފްޓްވެއަރ، ތައްޔާރުކުރުން. 
 5- ލައިސަންސް ހޯދަންޖެހޭ ސޮފްޓްވެއަރތައް އައިޑެންޓިފައިކުރުމާއި، ކައުންސިލުގެ މަސައްކަތަށް ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓްރޯލްކޮށް ބެލެހެއްޓުން. 6- ކައުންސިލް އިދާރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް މި ދާއިރާއިން ތަމްރީން ޕްރޮގްރާމްތައް ހިންގަދީ، ހޭލުންތެރިކުރުވުން 7- ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވާ ހިންގައި އެންމެހާ ކަންތައްތަކުގައި ބައިވެރިވުން | 
| މަޤާމުގެ ޝަރުޠުތައް | މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން . | 
| ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ. 
 
 
 ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %30 ލިބިގެންނެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި | މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 22 ވަނަދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވުމަށްފަހު އެޕްލިކޭޝަން ލިބުނުކަން ޔަޤީންކުރެއްވުން އެދެމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| ޝޯޓް ލިސްޓްކުރުން 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2021 ޖޫން 23 ވަނަ ދުވަހާއި 2021 ޖުލައި 01 ވަނަ ދުވަހާއި ދެމެދު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ މުއްދަތުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް، އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
 
                    