އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އދ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދުން

                                            ނަންބަރ: IUL-PROC-AS-2021-025


އދ. އަތޮޅުގެ ރަށްރަށުން އެހެން ރަށްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

13 ޖޫން 2021

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011418      

13 ޖޫން 2021
ހޯދާ