ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުން

ކޮވިޑް-19 ރޯގާ ކުޅުދުއްފުށީގައި ފެތުރެމުން އަންނާތީ، މިއިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން މި އިދާރާއިން ދެމުން އަންނަ ތިރީގައި މިދަންނަވާ ޚިދުމަތްތައް 13 ޖޫން 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމުގައި ދަންނަވަމެވެ.

1-    އެއްގަމު ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުން.

2-    އެއްގަމާއި ކަނޑުގެ ލައިސަންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުން.

3-    އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުން.

13 ޖޫން 2021
ހޯދާ